ރޭލްވޭ ޕްލެޓްފޯމުން މިއުޒިކް ސްޓޫޑިއޯއަށް، ރާނޫގެ ފުރަތަމަ ލަވަ ހިމޭޝް އާއެކު

ރޭލްވޭ ސްޓޭޝަންގައި ކީ ލަވައެއް އިންޓަރނެޓުގައި ވައިރަލްވެ އެތައް ބަޔެއްގެ ސަމާލުކަން ހޯދި ރާނޫ މޮންޑާލް އޭނާގެ ފުރަތަމަ ލަވަ ރިކޯޑުކޮށްފިއެވެ. ރަނޫގެ ފުރަތަމަ ލަވަ ރިކޯޑުކޮށްފައިވަނީ ސުޕަރސްޓަރ ސިންގަރ ގެ ޖަޖު އަދި މަޝްހޫރު ލަވަ ކިޔުންތެރިޔާ ހިމޭޝް ރޭޝައްމިޔާ އާއެކުއެވެ.

ރާނޫ އަކީ ކޮލްކަތާއަށް އުފަން މީހެކެވެ. އޭނާގެ ފިރިމީހާ މަރުވުމުން އާމްދަނީ ހޯދަމުން ދިޔައީ ރޭލުވޭ ސްޓޭޝަންގައި ލަވަ ކިޔައިގެންނެވެ. ނަަމަވެސް މިއުޒިކް ކޮމްޕޯޒަރުންގެ ސަމާލުކަން އޭނާއަށް ލިބުނީ އޭނާ ކިޔާފައިވާ ލަތާ މަގޭޝްކަރްގެ "އެކް ޕިޔާރްކާ ނަޣްމާ ހޭ" ގެ ވީޑިއޯއެއް ސޯޝަލްމީިޑިއާ ގައި ދައުރުވާޏް ފެށުމުންނެވެ. އެއާއެކު ރާނޫ އަށް ވަނީ ކާވެނި ޙަފްލާ ތަކާއި ލައިވް ޓީވީ ޝޯ ތަކުން ޖާގަ ލިބިފައެވެ.

ވައިރަލްވި ވީޑިއޯ: 

ހިމޭޝް އަށް ރާނޫގެ ލަވަ އަޑު އިވުމުން އޭނާ ވަނީ ރަނޫ އަށް ލަވައެއް ރިކޯޑުކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ. މިހާރު އޭނާ މިވަނީ އެ ވައުދު ފުރިހަމަ ކޮށްފައެވެ. ރާނޫ ވަނީ ހިމޭޝްގެ ކުރިއަށް އޮތް ފިލްމު 'ހެޕީ ހަރްދީ އެންޑް ހީރް' އަށް އިއްޔެ ލަވައެއް ރިކޯޑުކޮށްފައެވެ. އަދި ސުޕަރސްޓަރ ސިންގަރ ޝޯ ގެ މި ހަފްތާގެ އެޕިސޯޑުގައި ރާނޫ ބައިވެރިވާނެއެވެ.

https://www.instagram.com/p/B1eRguAnkcV/?utm_source=ig_web_copy_link

ރާނޫ އާ އެކު ލަވަ ރިކޯޑު ކުރުމުން މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ހިމޭޝް ބުނިކަމަށް ވަނީ އޭނާ މީހުންނަށް އެހީވަނީ ސަލްމާން ޚާންގެ ބައްޕަ ތަންކޮޅެއް ކުރިން ދިން ނަސޭހަތަކާ ގުޅިގެން ކަމަށެވެ. ސަލްމާންގެ ބައްޕަ ސަލީމް ޚާން ބުނިކަމަށް ހިމޭޝް ބުނެފައިވަނީ މީހެއްގެ ހުނަރު ފާހަގަކުރެވުމުން އެމީހަކާ އަޅާލުމަށާއި އެ މީހަކަށް އެ ދާއިރާއަކުން ކުރިއަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ހިމޭޝްވަނީ ރާނޫގެ އަޑު މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށް އެހިވާނެ ކަމަށް ބުނެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.