ކުރިއަށް އޮތް 48 ގަޑިއިރު، ގަޑިއަކު 55 މޭލާ ހަމައަށް ވައި ގަދަވުން އެކަށީގެންވޭ: މޫސުމާ ބެހޭ އިދާރާ

ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުރުމާއެކު ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 41 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ގަދަވުމުގެ ފުރުސަތުއެބައޮތް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ހާމަ ކޮށްފިއެވެ. އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުންނެވެ. އެހެން އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުންނެވެ. އާއްމު ގޮތެއްގައި ވައި ޖެގޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނެއްގައެވެ.

މޫސުމާ ބެހޭ އިދާރާގެ ނޫސް ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި 11 އޯގަސްޓް 2019 ވީ އާދީއްތަ ދުވަހުގެރޭ 8:00 އާ ހަމައަށް ވޭތުވެގެން ދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑު އަތޮޅުގެ ގަމަށެވެ. އެއީ 114 މިލިމީޓަރަށެވެ. އެންމެ ބާރަށް ވައި ޖެހުނީ ހުޅުލެއަށެވެ. އެއީ ގަޑިއަކު 51 މޭލުގެ ބާރު މިނުގައެވެ.

އައްޑު އަތޮޅާއި ފޯއްމުލަކާއި ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ވަނީ ވިއްސާރައިގައި ބޮޑެތި ގެއްލުން ވެފައެވެ. ގެއްލުންވީ ގޭގެއަށް އެމްއެންޑީއެފްގެ ބޭފުޅުން އެހީތެރިކަން ފޯރުކޮށް ދީފައި ވެއެވެ. ފުރާޅުން ޓިނު އެއްލައިލީ ބައެއް ގޭގޭގެ ފުރާޅުގައި ޓިނު ޖަހައި ދިނުމުގައިވެސް އެ ބޭފުޅުން ހަރަކާތްތެރިވިއެވެ. ތަކެތި ހޯދައި ދިން ކަމަށް މައުލޫމާތު ލިބިފައި ވަނީ އަތޮޅުތަކުގެ ކައުންސިލްތަކުންނާއި ސަރުކާރުންނެވެ.

މޫސުމާ ބެހޭ އިދާރާއިން އާލާތް ބަހައްޓައިގެން މޫސުމާ ބެހޭ މައުލޫމާތު ނަގަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ޚާއްސަކޮށްފައިވާ ވަކި ރަށް ރަށުންނެވެ. ރާއްޖޭގެ ހުރިހައި ރަށަކުން މައުލޫމާތެއް ނުނަގައެވެ. އެކަމަކު މުޅި ރާއްޖޭގެ މޫސުން ލަފާ ކުރާށާއި، އޮންނަ ގޮތް އެނގޭ ވަރަށް މައުލޫމާތު އެއްކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.