ސެމްސަން ގެލަކްސީ ނޯޓް 10 މިރޭ ތައާރަފު ކުރަނީ

ސެމްސަންގ ގެލަކްސީ ނޯޓް 10 ފޯނު ތައާރުފު ކުރުމުގެ ހަފުލާ މިރޭ ރާއްޖޭ ގަޑިން 1 ޖަހާއިރު އޮންނާނެއެވެ. މި ހަފުލާ ސެމްސަންގ ވެބްސައިޓުގައި ލައިވް ސްޓްރީމް ކުރާނެއެވެ.

މިރޭގެ ހަފުލާގައި ނެރޭނޭ ކަމަށް ބެލެވިފައި ވަނީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް އަދި ނޯޓް 10 ގެ 5ޖީ ފޯނެވެ.

ނޯޓް 10 ފޯނުގެ ފޮޓޯއާއި މައުލޫމާތު ވަނީ އެކި ފަހަރު މަތިން ނުކުމެފައެވެ.

ނޯޓް 10 ގެ ސްކްރީން ސައިޒަކީ 6.3 އިންޗިއެވެ. ޕްލަސްގެ ސްކްރީން ސައިޒަކީ 6.8 އިންޗިއެވެ. މި ފަހަރަކު 128 ޖީބީގެ ފޯނެއް ނުނެރޭނެއެވެ. އެންމެ ކުޑަ ސައިޒަކަށް ނެރޭނީ 256 ޖީބީއެވެ. ދެން 512 ޖީބީއެވެ. ކޮންމެ ފޯނެއްގައިވެސް ތިން ކެމެރާ ހުންނާނެއެވެ. ޕްލަސް ބެޓެރިއަކީ 4300 މިލިއެމްޕިއަރއަވަރ ބެޓެރިއެކެވެ. ނޯޓް 10 ގައި ހުންނާނީ 3500 މިލިއެމްޕިއަރއަވަރ ބެޓެރިއެކެވެ.

ފޯނުގެ ސަޓައިލަސް (އެސް ޕެން) ގައި އައު ކަންތައްތަކެއް އެކުލެވޭނޭ ކަމަށް ވަނީ ޚަބަރު ފެތުރިފައެވެ. އޭގެ ތެރޭގައި އަތް ނުލައި ޕެންގެ ބޭނުން ކުރެވޭ ގޮތް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.