ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ވައްޑެއާއި ނާދިރާ!

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފި އެވެ. އެ މަގާމަށް ހަމަޖެއްސެވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު (ވައްޑެ) އާއި މި ސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނާދިރާ އެވެ.

މިކަމަށްޓަކައި ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި މި ބައްދަލުވުމަކީ އެޕާޓީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް ތާޢީދުކުރައްވާ މެމްބަރުންގެ ބޭއްވި ބައްދަލުވުމެކެވެ.

މީގެ އިތުރުން މިބައްދަލުވުމުގައިވަނީ ޕީޕީއެމްގެ ސްޕޯކްސް ޕާސަންގެ މަގާމުގައި މިހާތަނަށް ހުންނެވި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު އެ މަގާމުން ވަކިކުރައްވައި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ސްޕޯކްސްޕާސަންގެ މަޤާމަށް ހަމަޖައްސަވައިފަ އެވެ.

މިރޭގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޯލިޝަން ޕާޓްނަރު އެމްޑީއޭ އާ އެކު ކުރިއަށް ދިއުމަށް މަޝްވަރާ ކުރުމާއި، ޖޭޕީ އާއި ޢަދާލަތުޕާޓީއާއެކުވެސް އެކިކަންކަމުގައި މަޝްވަރާކުރުން ހިމެނެއެވެ.

މިހާރުވެސް ޕީޕީއެމްއާއެކު ކޯލިޝަން އެއްބަސްވުމެއް ގައި އޮތް އެމްޑީއޭ އަކީ އިންތިހާބުތަކުގައި އެޕާޓީއާއެކު އެއްބާރުލުމަށް ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ޕާޓީއެކެވެ..

.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.