އެންދަމަން ފޭބި މީހަކު މަރުވެފައި އޮއްވައި ނަގައިފި

ހުވަދުއަތޮޅު ދެކުނު ބުރީ ކޮނޮއްޓާ ކައިރީގައި އޮންނަ ތިލައަކުން އެން ހިފުމަށް ވައިފުޅި އަޅައިގެން ފޭބި މީހަކު މަރުވެފައި އޮއްވައި މޫދު އަޑިން ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ އެންދަމަން ފޭބީ އެ ދޯނީގެ ކެޔޮޅު މީހާ ކަމަށެވެ. އޭނާގެ ޢުމުރަކީ 45 އަރެވެ. އެން ހިފަން އޭނާ ފޭބިގޮތަށް ޚަބަރެއް ނުވެގެން އެ ދޯނީގެ ދެމީހަކުވަނީ އެމީހާ ހޯދަން ފައިބައިފައެވެ. އޭނާ ހޯދަމުން ދަނިކޮށްފައިވަނީ ވަނީ މޫދުގައި ހޭނެތިފައި އޮއްވައި ކަމަށް ފުލުހުންވަނީ ވިދާޅުވިއެވެ.

އޭނާ މޫދުއަޑިން ނަގައިގެން ތިނަދޫގައި ހުންނަ ޑރ. ޢަބްދުޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން ވިދާޅުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ޙާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫ ވައިލެޓްވާދީ، ޙުސައިން ޒިޔާދު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.