ކުރީގެ ބޯދާ ވިސްނުން އަންހެން ކުޅުންތެރިން ނިމުމަކަށް ގެނެސްދީފި: ޝިދާތާ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން ބައިވެރިވި އަންހެން ޓީމުތަކުން ރަން އަކުރުން ތާރީޚު ލިޔެ އިހުގެ ބޯދާ ވިސްނުން ނިމުމަކަށް ގެނެސްދީފި ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

"އަންހެން ކުޅުންތެރިން ރަން އަކުރުން ތާރީޚު ލިޔެ، ޒަމާންތަކަކަށް ދެމި އޮތް ބޯދާ ވިސްނުން ނިމުމަކަށް ގެނެސްފި،" މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

އައިއޯއައިޖީގައި ރާއްޖެއިން ބައިވެރި އަންހެން ކުޅުންތެރިން ހޯދި ކާމިޔާބީ ފާހަގަ ކުރައްވައި މިނިސްޓަރ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ކުޅިވަރުގެ ދާއިރާއިން އަންހެން ކުދިންނަށް އިތުރަށް ފުރުސަތު ލިބެންޖެހޭ ކަމަށެވެ. އެހެން ކަމުން ފުރުސަތު ގެއްލިފައިވާ އަންހެން ކުދިންނަށް ފުރުސަތު ހޯދައިދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

" ފުރުޞަތު ގެއްލިފައިވާ އަންހެން ދަރިން ކުޅިވަރުގެ ދާއިރާއަށް ނެރެދެއްވުމަށް ބެލެނިވެރިންނާއި ޓީޗަރުން ބާރުއަޅުއްވައި ދެއްވާ،" މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ ޓީމުތަކުން ވަނީ 15 މެޑެލް ހޯދައިފައެވެ. އޭގެ ތެރޭގައި ރަނާއި، ރިއްސާއި، ލޯ މެޑެލް ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.