ބަލި ފެތުރުން މަދު ކުރުމަށް ސަމާލުވުމަށް ސަމާލުވޭ: އެޗުޕީއޭ

މިހިނގާ ބަންދު ދުވަސްތަކުގެ ތެރޭގައި ދަތުރުދިއުމާއި، ކުޅިވަރު ބަލަން ދިއުންފަދަ ކަންކަމުގެ ތެރޭގައި ބަލި ފެތުރުން މަދު ކުރުމަށް ރަނގަޅަށް އަތް ދޮވުމަށާއި، ކެއްސާ ކިނބިހި އަޅާ އިރު އަންގަޔާ ނޭފަތް ނިވާ ކުރުމަށާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަން ދެއްވުމަށްވެސް ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މިދުވަސްވަރަކީ ޙަ މާލެއާއާއި ބައެއް ރަށްރަށުގައި ޑެންގީއާއި، ވައިރަލް ފީވާއާއި އަރިދަފުސް ރޯގާ ފެތުރެމުންދާ ދުވަސްވަރެއްވެސް މެއެވެ. ކޮންމެ އަހަރަކު މިދުވަސްވަރަކީ މިފަދަ ބަލިތައް ރާއްޖޭގައި ފެތުރޭ ދުވަސް ވަރެކެވެ.

މިބަލިތަކުން ސަލާމަތްވުމަށް އާންމު ސާފުތާހިރު ކަމަށް ސަމާލުވުމަށާއި މަދިރިން ރައްކާތެރިވުމަށް އެޗުޕީއޭ އިން އިލްތިމާސް ކުރެއްވިއެވެ. މަދިރިން ރައްކާތެރިވުމަށްޓަކައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވައިކުރަންޖެހެއެވެ. އެކަމަށްޓަކައި މަދިރިގެ ބޭނުންކުރުން، މަދިރި ވަދެފާނެ ދިމަދިމާގައި މަދިރި ދައު ޖެހުން، ހެނދުނާއި ހަވީރު ނުވަތަ މަދިރި ހަފާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލެއްޕުން، މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.

މަދިރިން ސަލާމަތްވުމަށްޓަކައި ގޯތިތެރޭގައި ހުންނަ ފެންހަރުލާފަދަ ތަކެތި (ހުސް ދަޅާއި ފުޅި، ނާށި ، ޓަޔަރު ފަދަ ތަކެތި) ނައްތާލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.