ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިއަކު މޫދުގައި އޮއްވައި ފެނިޖެ

އދ. ދިގުރަށުން ފަތުރުވެރިއަކު ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މިޑިއާއިން ވިދާޅުވީ އޭނާއަކީ ޢުމުރުން 38 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާ ގެއްލިގެން ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ރޭ 8:30 އެހައިކަންހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުންނާއި ދިގުރަށު ރައްޔިތުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ އެރަށު މޫދުގައި އޮއްވައި ރޭ ދަންވަރުގެ 2:00 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފެނުނުއިރު އޭނާގެ ޙާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާއާ ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.