ގަހަކުން ވެއްޓުނު ގޮފިގަނޑަކުންޖެހި މީހަކަށް އަނިޔާވެއްޖެ

ހުރަވީ ބިލްޑިން ކަންމައްޗަށް ވާގޮތަށްހުރި ގަހަކުން ވެއްޓުނު ގޮފިގަނޑަކުން ޖެހި މީހަކަށް އަނިޔާވެއްޖެއެވެ. އަނިޔާވެފައިވަނީ ގޮފިގަނޑު ވެއްޓުނު ވަގުތު ސައިކަލެއްގައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:35 ގައެވެ.

އަނިޔާ ލިބުނު މީހާއަށް ފުލުހުންވަނީ އެހީތެރިކަން ފޯރުކޮށްދީ ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.  އޭނާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ނުލިބެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.