އިސްލާމިކް މިނިސްޓްރީގެ ޕީއެސް ވަޒީފާއަށް ނެރެދިނުމަށް އެދި ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފި

ޚިޔާނާތުގެ ތުހުމަތުތަކެއްގައި ސަސްޕެންޑް ކޮށްފައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ އަލުން ވަޒީއަށް ނެރެދިނުމަށް އެދި އެ މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ބައެއްމީހުން ޕެޓިޝަނެއްގައި ސޮއި ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދިން ބައެއް މުވައްޒަފުން ބުނިގޮތުގައި ޕެޓިޝަނުގައި ސޮއި ކުރުމުގެ ކަންކަކަމުގައި އިސްކޮށް އުޅެނީ ޕީއެސްގެ ސެކްރެޓަރީއެވެ.

މުސްއަބުގެ މައްޗަށް ތުހުމަތުކުރަނީ އިސްލާމީ މަރުކަޒުގެ ހޯލު މަރާމާތު ކުރުމުގައި އާއި، އެފަދަ ގިނަ ކަންކަމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް ކަންކަން ހިނގާފައިވާ ކަމަށް ޚަބަރު ލިބެއެވެ. އަދި މިހާރު އެ މަރުކަޒު މަރާމާތު ކުރަމުންގެންދާ މައްސަލައިގައި ވެސް އެފަދަ ތުހުމަތު ކުރެވެފިވެއެވެ.

މިހެން މިކަން ހިނގާފައި ވަނިކޮށް އެ މިނިސްޓްރީގެ ދެ މުއައްޒަފުން ކަމުގައިވާ ޑީޖީ. މުޙައްމަދު ސައީދުއާއި، ސީނީޒް ކިޔާ މުއައްޒަފަކު 2017 ވަނަ އަހަރު މީހަކު ވަޒީފާއަކަށް ނެގުމަށް ކުރެވުނު އިންޓަވިއުގައި ވަކި މީހަކު ކަޓުވާލަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތު ސީއެސްސީ އިން ފިޔަވަޅު އެޅުމަށް ނިންމައި ސިޓީއެއް ވެސް އެދެ މުއައްޒަފުންނަށް ފޮނުވާފައި ވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މުޙައްމަދު ސަޢީދަށް ޖުލައި 3 ގައި ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ސަޢީދާ ބެހޭ ގޮތުން އެކޮމިޝަނަށް ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަންކަން ބެލުމަށްފަހު ފާހަގަ ކުރެވުނު ކަންކަމާމެދު ޖަވާބު ދާއިރީ ވުމަށް އެދުވަހުން ފެށިގެން ވަނީ އޭނާއަށް 5 ދުވަހުގެ މުހުލަތެއް ދެއްވައިފައެވެ. އެހެންނަމަވެސް މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އޭނާ އެކަމަށް ޖަވާބުދާރިވެފައި ވެފައި ވީނަމަވެސް އަދިވެސް ސީއެސްސީ އިން ފިޔަވަޅު އަޅާފައި ނުވާކަމުގައި ވެއެވެ. ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެފައިވަނީ ސަޢީދަށް ދެއްވާފައިވާ މުއްދަތުގެ ތެރޭގައި ލިޔުމުން ޖަވާބު ނުދެއްވިޔަސް ކަނޑައެޅިފައިވާ ފިޔަވަޅު އެކޮމިޝަނުން އަޅުއްވާނެ ކަމަށް ވެސް ވިދާޅުފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. އެދުވަސް ވަރު މިނިސްޓަރ އަށް އުނދަގޫކޮށް ޖެއްސުން ކޮށް ހެދި މީހުން މިއަދު އެމިނިސްޓްރީގެ އިސް މަގާމުތަކުގައި އެތިބީ ރާއްޖެ ޓީވީގައި ގަވާއިދުން ރިޕޯޓް ހަދަމުން ދިޔަ އެކަކު ސިޔާސީ ބޮޑު މަގާމެއްގައި އެ ހުރީ ގުދޯ ގުދޯ ގޮވަނީ... މިފަހަރު ހައްޖު ކޯޓާ ދިން އިރު ނާސްތާ ވަހީދު މާ ކުޑަ އަގެއް ޖަހައިގެން ބިޑު ކާމިޔާބު ކުރި މިކަމުގައި އިލްޔާސް ޖަމީލުގެ މަސްލަހަތު އެކުލެވޭ .... މިހިރީ ބޮޑެތި ޖަރީމާ

  2. މިއާޓިކަލަކީ އެއްކޮޅު ނަގައިގެން ކަމުގެ ޙަޤީޤަތް ނުހޯދާ ލިޔެފައިވާ އާޓިކަލެއް. ތިޔަ ކަމަކީ ނިމިދިޔަ ދައުރުގައި އިސްލާމިކް މިނިސްޓްރީ ގައި އިސްކޮށް ތިއްބެވި ދެތިން ބޭފުޅަކު، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެބައެއްގެ ޖީބު ބޮޑުވާ ގޮތަށް ކަންކަން ކުރަމުންދާތީ ބައެއްގެ ސަމާލުކަމަށް އެކަން ގެނައުމުގެ މަސައްކަތް ކުރި ބަޔަކު މިނިސްޓްރީން ބޭރު ކުރުމަށް އޭރު ފަށާފައިވާ މަސައްކަތެއް. ޛިކުރާ މިސްކިތު ޕްރޮޖެކްޓަކީ އެއް މިސާލު. މިކަންކަމުގެ މަޢުލޫމާތު މިނިސްޓްރީގައި އޭރު ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެފަދަ ބޭފުޅުން މިހާރުވެސް އެތަނުގައި އެބަ އުޅުއްވާ. ފަހަރެއްގައި ޕީއެސްގެ މަޤާމަށް ދަހިވެތިވާ ބޭފުޅަކުވެސް އުޅެފާނެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.