އައިއޯއައިޖީއަށް ރާއްޖެއިން ބިޑު ހުށަހަޅައިފި

ދެހާސް ތޭވޫސް ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް މިއަދު ބިޑު ހުށަހަޅައިފިއެވެ.

ރާއްޖޭގެ އިތުރަށް 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބާއްވަން ބިޑުކޮށްފައިވަނީ ކޮމޮރޯސް އާއި މަޑަގަސްކަރައެވެ. އައިއޯއައިޖީ ބިޑު ކޮމިޓީ އަށް ރާއްޖޭގެ ބިޑު ހުށަހެޅުއްވީ ޔޫތު މިނިސްޓަރ އަޙުމަދު މަހުލޫފެވެ.

މި ބިޑް ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން ވަނީ ޚާއްސަ ކެމްޕޭނެއް ވެސް ފަށައިފައެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މަންދޫބުންގެ ގޮތުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ޔޫތު މިނިސްޓަރ އަޙުމަދު މަހުލޫފް ވަނީ ރާއްޖެއަށް ތާއިދު ހޯއްދެވުމަށް ގޭމްސްގައި ވާދަކުރާ ހަތަރު ގައުމަށް ވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.