ތިނަދޫ ޕޯސްޓް އޮފީހަށް ވަދެ ތިޖޫރީ ފަޅާލަން އުޅެފި

ގދ. ތިނަދޫ ޕޯސްޓް އޮފީސް ފަޅާލައިގެން އެތަނުގައިހުރި ގިނަ ޢަދަދެއްގެ ޕާރުސަލްތަކެއް ކަނޑައި އެއިން ވައްކަން ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިޢަމަލު ހިނގާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ކަމަށެވެ.

ޕާރުސަލްތައް ކަނޑައިގެން ވައްކަން ކުރުމުގެ އިތުރަށް އެ އޮފީހުގެ ތިޖޫރި ފަޅާލަންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އެކަން ކުރަން އުޅުނު ބަޔަކަށް ނުވަތަ މީހަކަށް އެކަން ކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަވަނީ މިމައްސަލަ ބަލުމްނެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.