އެމްއެމްޕީއާރުސީ ގެ ފައިސާގެ މުޢާމަލާތްތައް ނުހުއްޓުވަން ލަފާދީފައެއް ނުވާނެ: ނީޒާ

ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް މާކެޓިންގ އެން ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ފައިސާތަކެއް އެސްއޯއެފަށް ޖަމާވަމުން ދިޔައިރު އެމުޢާމަލާތްތައް ނުހިފެހެއްޓެވީ އެމްއެމްއޭގެ އޭރުގެ ޑެޕިއުޓީ ގަވަރުނަރ ނީޒާ ޢިމާދުގެ ލަފާމަތިންކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފައިވަނީ ޙަޤީގަތާ ޚީލާފަށްކަމަށް ނީޒާ ވިދާޅުވެއްޖެއެވެވެ.

"އެފަދަ ކަމަކާ ގުޅިގެން ވަކިކަމެއް ކުރުމަށް އެބޭންކަށް އަޅުގަނޑު އެއްވެސް ލަފައެއް ދީފައެއް ނުވާނެ" ނީޒާ ނެރުއްވި ބަޔާނުގައި ބުނެފައި ވެއެވެ.

އެމްއެމްޕީއާރުސީ އާއި އެސްއޯއެފާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަޙްޤީޤަށްވެސް އޭނާ މަޢުލޫމާތު ދެއްވިކަން ނޫސް ބަޔާނުގައި ވަނީ ފާހަގަކުރައްވައިފައެވެ. މިކަމާގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކުން ބޭނުންފުޅުވާ މަޢުލޫމާތު ދިނުމަށް މިހާރުވެސް ހުންނެވީ ތައްޔާރަށްކަމަށް އޭނާގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރިން މާލިއްޔަތު ކޮމެޓިއަށް ހާޒިރުކޮށް ސުވާލު ކުރެއްވުމުން ވިދާޅުވީ، އެ މުއާމަލާތްތައް ނުހިފެހެއްޓީ އެމްއެމްއޭގެ އޭރުގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ ޢިމާދާއި އޭރު ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ)ގެ ހެޑް އާތިފް ޝަކޫރުގެ ލަފާގެ މަތިން ކަމަށެވެ. އަދި އެޚިޔާނާތުގެ މުޢާމާލާތްތަކުގައި ބޭންކުން ޢަމަލުކޮށްފައިވަނީ ޤާނޫނުތަކާއި ޤަވާއިދު ތަކާ އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.