ރާއްޖޭގައި މީހުން އުޅޭހުރިހާ ރަށެއްގައި ކޭތަނަމާދުކުރުން މިރޭ އޮންނާނެ

މިރޭ ރާއްޖޭ ގަޑިން 11:43 އިން ފަތިހު 5:17 އާ ދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާނެތީ ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ ކޭތަނަމާދު ކުރުން އޮންނާނީ މިރޭ މެންދަމުންއަލިވެ 3:30 ގައި ކަމަށެވެ. ނަމާދު ކުރާނީ އެރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތެއްގައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.