ބާ ކައުންސިލްގެ އިންތިޚާބު މައުމޫން ޙަމީދު ކާމިޔާބު ކުރައްވައިފި

ބާ ކައުންސިލްގެ ރައީސް ކަމަށް ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލެއް ކަމަށްވާ އަލްއުސްތާޒު މައުމޫން ޙަމީދު އިންތީޚާބުވަޑައިގެންފިއެވެ.

އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ މިއަދު ބޭއްވި ބާ ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޒު ޙުސްނުއްސުޢޫދާ ވާދަކުރައްވައި ކާމިޔާބު ކޮށްގެންނެވެ.

ބާ ކައުންސިލްގެ ނާއިބު ރައީސަކަށް ހޮވިވަޑައިގެންނެވީ ކުރީގެ އެޓަރނީ ޖެނެރަލް އަލްއުސްތާޒު ޢަބްދުﷲ މުޢިޒެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.