އަނެއްކާވެސް އިމާރާތެއްގެ ބެލްކަނީން ބައެއް ވެއްޓިއްޖެ

މާލޭ ގެއެއްގެ ބެލްކަނީގެ ބައެއް ރޭ ދަންވަރު ވެއްޓިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ޙާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 12:50 އެހައިކަންހާއިރު މާފަންނު ގެއެއްގައި ކަމަށެވެ. އެގޭގެ ބައެއް ބަގުމައްޗައް ވެއްޓުމުން ފުލުހުންވަނީ އެސަރަޙައްދަށް ގޮސް ސަރަޙައްދު ޗެކުކޮށްފައެވެ.

މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އެސަރަޙައްދަށްގޮސް ޢާއްމުންގެ ރައްކާތެރިކަމާއު ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ ގޮތުންވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް މަޢުލޫމާތު ދެއްވައިފައެވެ.

ޖޫން 26 ވަނަ ދުވަހުގެރޭ ވެސް ވަނީ މާލޭގެ ގެއެއްގެ ބެލްކަނިން ބައެއް ވެއްޓިފައެވެ. އެ ޙާދިސާގައި ބަޔަކަށްވަނީ އަނިޔާވެފައެވެ.

ފަހަކަށް އައިސް މިފަދަ ޙާދިސާތައް މާލޭގައި ހިނގުންވަނީ އިތުރުވެފައެވެ. އެކަންކަން ޙައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.