ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފި

ޢުމުރުން 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުގައި 21 އަހަރުގެ ފިރިހަނކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ހިނގި މިޙާދިސާއާ ގުޅިގެން އެމީހާ ބަންދުކޮށްފައިވަނީ ކޯޓު އަމުރެއްގެ ހޯދައިން މިމަހުގެ 12 ވަނަ ދުވަހުއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުލައި 11 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމީހާ ބަންދުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާގެ ތަހުގީގަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއް ގުޅިގެން މިމައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.