ބާ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

 ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފިއެވެ.

ބާ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓުލުން ކުރިއަށް ދަނީ މާލެއާއި އައްޑޫސިޓީގައެވެ. މިކަމަށް މާލެ ސިޓީގައި ބަހައްޓާފައިވާ ދެ ފޮށީގެ ތެރެއިން އެއް ނަމްބަރު ފޮށްޓަށް ވޯޓުލާން ފަށައިފައިވަނީ ހެނދުނު 9:03 ގައެވެ. ދެ ނަމްބަރު ވޯޓު ފޮށްޓަށް ވޯޓުލާން ފަށައިފައިވަނީ ހެނދުނު 9:08 ގައެވެ.

އައްޑޫ ސިޓީގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ވޯޓުލާނެ ބަޔަކު ނުގޮސްގެން ވޯޓުލުން ފަށާފައިވަނީ ތަންކޮޅެއް ފަހުންނެވެ. މިތިން ފޮށްޓަށް މިހާތަނަށް 76 މީހުންވަނީ ވޯޓުލައިފައެވެ.

ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ވޯޓު ނަގާ ނިމޭތާ ބައިގަނޑިއިރުތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2019 ޖުލައި 14 ވާ އާދީއްތަ ދުވަހުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.