ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ ހަތަރު މަސްބޯޓު އަތުލައިގެންފި

ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ ހަތަރު މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގެންފިއެވެ.

 އެ ހަތަރު މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ އިންނެވެ. އެބޯޓުތައް މިހާރުވަނީ ކޯސްޓުގާޑުގެ ބެލުމުގެ ދަށުގައެވެ. މި މަސްބޯޓުތައް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ވ.ފުލިދޫގެ އިރުން 140 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.  މި މަސްބޯޓުތައް ފެނިފައި ވަނީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި މިމަހުގެ 8 އިން 10 އަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ ޑޯނިއަރ ފްލައިޓްގެ ސަވައިލަންސް ޕެޓްރޯލްތަކުގެ ތެރެއިން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މި ހަތަރު މަސް ބޯޓް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިބޯޓުތައް ގެނައުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ބަނދަރަށެވެ. ހުޅުމާލެ ބަނދަރަށް ބޯޓުފަހަރަށް އާދެވޭނީ ހަވީރު 5:00 އަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.