ރިވެލި އެވޯޑު އެކާވީސް ފަރާތަކަށް ދެއްވައިފައި

ކާވީސް ފަރާތަކަށް ރިވެލި އެވޯޑު މިއަދު ދެއްވައިފިއެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ދެއްވާ އެވޯޑެކެވެ.

އެ ފަރާތްތަކަށް މި އެވޯޑޫ ޙަވާލު ކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ އިން އެ އެވޯޑު ޙާސިލް ކުރައްވާފައިވަނީ މ. މުލަކު، ހުސްނުވިލާ، މުޙައްމަދު ރައިޝާން އަޙްމަދާއި، ލ. މާވަށު، މާބަގީޗާގޭ،  އަލްޙާފިޡު އަޙްމަދު ނަބީހު ޢަބްދުލްޤާދިރާއި، މއ. ސެނަކާ، މަރްޔަމް ނޫރާ ރަޝާދާއި، ޅ. ހިންނަވަރު، ކާނީމާގޭ، ފާޠިމަތު އިބްރާހީމާއި، ހދ. ކުޅުދުއްފުށީ، ރަބީޢު،އަލްޙާފިޡު ޢަލީ އަމްޖަދެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކުގެ ދާއިރާއިން އެވޯޑޫ ޙާސިލް ކުރެއްވީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ދާއިރާ އިން އެވޯޑު ޙާސިލް ކުރެއްވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑެވެ. ނުކުޅެދިންތެރިކަން ހުންނަ މީހުންނާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާއިން އެވޯޑޫ ޙާސިލް ކުރެއްވީ ރޭޑިއޯ އެޓޯލްއެވެ.

ފަންނީ ދާއިރާއިން އެވޯޑު ޙާސިލް ކުރެއްވީ ގއ. ކޮލަމާފުށީ، ހީނާމާގޭ، ޝަފީނާޒު ސަޢީދާއި، ހ. ފިލްމީ ސައިޓު، ރަޙުމާޢީސާއެވެ. ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އެވޯޑު ޙާސިލް ކުރެއްވީ، ސ. ފޭދޫ، ގުލްދަސްތާގޭ، ދިމްނާ ފާކިރެވެ.ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ އެވޯޑު ޙާސިލް ކުރެއްވީ މޯލްޑިވްސް އޯޓިޒަމް ސެންޓަރެވެ. ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ އިން އެވޯޑު ޙާސިލް ކުރެއްވީ ޅ. ނައިފަރު، ތަންހަޅީއާގޭ، ނަޙްވާން ޔޫސުފާއި، މއ. އަބާނާ، އަޔާން އާލް ބިން އަޙްމަދު ނާސިރާއި، ސ. މަރަދޫ، ދެވެލި، ޢަބްދުﷲ ޟިޔާއުއާއި، މ. މުލައް، ފެހިވާދީ، ސިފުނާ އިބްރާހީމާއި، ޏ. ފުވައްމުލައް، ނޫޑަލްހީ، އަޙްމަދު ނަހުޔާން ފައިސަލާއި، މ.ސާނިޔާ، މަރްޔަމް ލުމައިހާ އާދިލާއި، ލ. ފޮނަދޫ، ލޫބިޔާ، މުޙައްމަދު ނިޔާފާއި، ބ. ތުޅާދޫ، ސޯސަންމާގޭ، ވަސްމީ ވަޙީދާއި، ގ. ރަންރީނދޫގޭ، ޢަލީ އަމީނެވެ. މި އެވޯޑަކީ ކޮންމެ 2 އަހަރަކުން 1 ފަހަރު ދެވޭ ޤައުމީ އެވޯޑެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.