ރައީސް އޮފީހުގެ ސިޔާސީ މަގާމެއް މަބްރޫކަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު މަބްރޫކް ރައީސް ސޯލިހާއެކު

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވ. ފެލިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތި ލައްވައި ކުޑަތަފާތަކުން ނާކާމިޔާބު ވެފައިވާ މުޙަންމަދު މަބްރޫކު އަޒީޒަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސިޔާސީ މަގާމެއް ދެއްވައިފިއެވެ.

ރައީސް އޮފީހުން ކަށަވަރުކޮށް ދެއްވި ގޮތުގައި މަބްރޫކު ހަމަޖެއްސެވި ސިޔާސީ މަގާމަކީ އެ އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑާސެކްރެޓަރީގެ މަގާމެވެ. މިމަގާމަށް ރައީސް ސޯލިހު އޭނާ އައްޔަން ކުރެއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށްވެއެވެ.

މަޖިލިސް އިންތިޚާބުގައި މަބްރޫކާ ވާދަކުރައްވައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް ފަޒުލް ރަޝީދެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ 54 ވޯޓުގެ ތަފާތުންނެވެ.

މަބްރޫކަށް ހަމަޖެއްސެވި ސިޔާސީ މަގާމާއެކު ރައީސް ސޯލިޙުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު 337 އަށް އެރީއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.