ބޭސްފަރުވާއަށްފަހު އަދީބު މާލެ ވަޑައިގެންފި

ރާއްޖޭގެ ކުރީގެ ނާއިބުރައީސް އަޙުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ބޭސްފަރުވާއަށް އެމަނިކުފާނު އިންޑިއާއަށް ފުރާވަޑައިގެންނެވީ ޖޫން 14 ވަނަ ދުވަހުއެވެ. އެނބުރި ވަޑައިގެންނެވުމަށް އޭރު ހަމަޖެހިފައި އޮތީ ޖޫން 26 ގައެވެ. އެހެންނަމަވެސް އިތުރު 10 ދުވަސް އެމަނިކުފާނުގެ ބޭސްފަރުވާއަށް ސަރުކާރުން ވަނީ އިތުރު ކޮށްދެއްވައިފިއެވެ. އެ މުއްދަތުހަވީ މިއަދު އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދި ހަ މަސްފަހުން އެމަނިކުފާނު އިންޑިއާއަށް ވަޑައިގަންނަވަން ޖެހެއެވެ.

އިންޑިއާއަށް ފުރާ ވަޑައިގަންނަވަމުން އަދީބު ވިދާޅުވީ އެމަނިކުފާނަކީ ފިއްލަވާނެ ބޭފުޅެއް ނޫންކަމަށެވެ. އެމަނިކުފާނަކީ ކަންކަމާ ކުރިމަތި ލައްވަން ކެރިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

 އެމަނިކުފާނު ވިދާޅުވީ ފާއިތުވި ކަންކަމާމެދު އެއްވެސް މީހަކާ ދޭތެރޭ ހިތްޕުޅުގައި އެއްވެސް ބުރަކަމެއް ނެތް ކަމަށެވެ. އަދި ޖަލުން ސަލާމަތްވެ ވަޑައިގެންނެވުމަށްފަހު ކުރީގެ ރައްޓެހިންނަށް ގުޅުއްވި ކަމަށް ވެސް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ކުރައްވައިފައިވާ 33 އަހަރުގެ ޖަލު ހުކުމް މިހާރުވަނީ ބާތިލް ކުރައްވައިފައެވެ. އެހެންނަމަވެސް އަދިވެސް އެމަނިކުފާނުގެ މައްޗަށް ތަފާތު ތުހުމަތުތައް ދަނީ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.