ޝާއިމް ފޮރުވި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލައިގެން ގޮސްއުޅުނު ޝައިމް ޢަބްދުﷲ ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ދެމީހުންނަށް ކޯޓުން ބަންދުގެ މުއްދަތު ޖަހައިދީފިއެވެ.

ފުލުހުން ވިދާޅުވީ ޖުލައި 4 ވަނަ ދުވަހު ބަންދުކޮށްފައިވާ ޢުމުރުން 46 އަހަރުގެ އަންހެން މީހާ ބަންދަށް ކޯޓުން ދެއްވައިފައިވަނީ 6 ދުވަސް ކަމަށެވެ. ޖުލައި ފަސް ވަނަ ދުވަހު ބަންދުކޮށްފައިވާ ޢުމުރުން 23 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް ކޯޓުން ޖަހައިދެއްވަނީ 15 ދުވަސް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޝާއިމް ޢަބްދުﷲ ގޭގައި ފޮރުވައިގެން ގެންގުޅުނު މައްސަލާގައި މި ދެމީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ގެންދަވަނީ މިމައްސަލަ ބައްލަވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.