ދިޔަވަމުންދާ ބާޖަކަށް ސިފައިން އެހީތެރިވާން ފަށައިފި

ކ.ފޭދޫފިނޮޅު ކައިރީ ބަނދަރުކޮށްފައި އޮތް "މެރިން ޕަވަރ 2318" ނަމަކަށް ކިޔާ ބާޖެއް ދިޔަވަމުންދާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު 10:16 ހާއިރު ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ޑައިވަރުންނާއެކު ވަނީ އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މާޖު ދިޔަވަމުންދަނީ އޭގެ ބަލާސްޓް ޓޭންކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބާޖުގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. ބާޖުގައި ހެދިފައިވާ ދިޔަ ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ގެންދަނީ ޙަރަކާތްރިވަމުންނެވެ. އަދި ޑައިވަރުން އަންނަނީ ބާޖުގެ އެއްވެސް ދިމާއަކުން ފަޅައިގެން ގޮސްފައިވޭތޯ ބަލަމުންނެވެ. ބާޖުގައި 10 ބިދޭސީން ތިބި ކަމަށާއި އެހެން ނަމަވެސް އެއްވެސް މުދަލެއް ނެތް ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.