ރާޙަތު ފަތަޙް ޢަލީ ޚާނަށް އޮކްސްފޯޑް ޔުނިވަރސިޓީ އިން ޑޮކްޓަރޭޓް ޑިގްރީ އެއް ދީފި

ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާޙަތު ފަތަޙް ޢަލީ ޚާނަށް އޮކްސްފޯޑް ޔުނވަރސިޓީން ރަމްޒީ ޑޮކްޓަރޭޓް ޑިގްރީ އެއް ދީފިއެވެ. އޮކްސްފޯޑުން ރާޙަތަށް ދީފައިވަނީ 'ޑޮކްޓަރ އޮފް މިއުޒިކް' ޑިގްރީއެކެވެ. ޔނިވަރިސޓީގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރާާޙަތާއި ޑިގްރީ ޙަވާލުކޮށްފައިވާ ކަމަށް ނިއުސް އިންޓަރނޭޝަނަލް އިން ރިޕޯޓުކުރެއެވެ.

ޑިގްރީ އާ ޙަވާލުވުމަށް ފަހު ސޯޝަލްމީޑިއާގައި ރާޙަތު ވަނީ ދުނިޔޭގެ މަޝްހޫރު ޔުނިވަރިސިޓީއަކުން އޭނާއަށް  މިފަދަ ޝަރަފެއް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިއުޒިކުގެ ދާއިރާއިން އެފަދަ އުސްމިނަކަށް ދެވުނީތީ އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރާާޙާތުގެ ޝޯއެއް ބުރާސްފަތި ދުވަހު އޮކްސްފޯޑު ޓައުން ހޯލުގައި އޮތެވެ. އޮކްސްފޯޑު ޔުނިވަރސިޓީ އިން ރާޙަތާއެކު އަށް ފަރާތަކަށް ރަމްޒީ ޑިގްރީ ދީފައިވެއެވެ. އޮކްސްފޯޑުން ރާޙަތު ސިފަކުރަނީ ސޫފީ މުސްލިމުންގެ މިއުޒިކަށް ބޮޑު އަހައްމިއްޔަތެއް ދޭ ފަންނާނެއްގެ ގޮތުގައެވެ.

ރާޙަތުގެ ޢާއިލާއަކީ މިއުޒިކީ ދުނިޔޭގައި ނަން ހިނގާ ޢާއިލާއެކެވެ. މިއުޒިކުގެ ދާއިރާއިން އޭނާ ރަސްމީ ތަމްރީނުތައް ފަށާފައިވަނީ އުމުރުން ހަތް އަހަރުގައެވެ. މިހާތަނަށް އޭނާވަނީ ފަންސާހަށްވުރެ ގިނަ އަލްބަމް ނެރެފައެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ހައި-ޕްރޮފައިލް ކޮންސަރޓްތައް ބާއްވާފައިވެއެވެ. އޮންލައިން ޕްލެޓްފޯމުތަކުގައި އެއްބިލިއަން މީހުން ވަނީ ރާޙަތުގެ މިއުޒިކް އަޑު އަހައިފައެވެ. އަދި ޓީވީ ސިލްސިލާތަކަށް ފަންސާހަށްވުރެ ގިނަ ޓައިޓްލް ލަވަ ކިޔާދީފައިވެއެވެ. ހޮލީވުޑާއި ބޮލީވުޑްގެ ފިލްމުތަކަށް ސަތޭކައަށް ވުރެ ގިނަ ލަވަ ކިޔާފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.