ކޮންގޯ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި އެތައްބަޔަކު މަރުވެއްޖެ

ފުލުހުންގެ 3 މީހުންނާއެކު ޖުމުލަ 17 މީހުން މަރުވުމާއެކު އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ، ޤަބޫލު ނުކުރެވޭނެކަމަށް ސަރުކާރުންވަނީ އަންގާފައި.

ކޮންގޯގެ ރައީސް ޖޯސެފް ކަބީލާއާ ވެރިކަމުން އިސްތިއުފާދެއްވުމަށް ގޮވާލައި، އެޤައުމުގެ ވެރިރަށް ކިންޝާސާ ގައި ކުރިއަށްދާ މުޒާހަރާތަކުގައި މަދުވެގެން 17 މީހުން މަރުވެ އެތައްބަޔަކަށް އަނިޔަވެއްޖެއެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާއި ފުލުހުންނާދެމެދު ހިނގައިދިޔަ ކުރިމަތިލުންތަކަށްފަހު އެތައްބަޔަކު މަރުވެފައިވާތީ ސަރުކާރުންވަނީ މުޒާހަރާ ހުއްޓާލުމަށް އަންގާފައެވެ. އެޤައުމުގެ އިންޓީރިއާ މިނިސްޓަރު މީޑިއާއަށް މަޢުލޫމާތުދެއްވާފައިވާގޮތުގައި، ހޯމަދުވަހުގެ ހަމަނުޖެހުންތަނުގައި ފުލުހުންގެ 3 މީހުންވަނީ މަރުވެފައެވެ. މަންޒަރު ދުށް މީހަކާ ޙަވާލާދީ އަލްޖަޒީރާއިން ބުނާގޮތުގައި މަރުވި ފުލުހުންގެ ތެރެއިން އެކަކު ދިރިހުއްޓައި މުޒާހަރާގެ ބައިވެރިންވަނީ އޭނާގެ ގައިގައި އަލިފާންރޯކޮށް އޭނާ އަންދާލާފައެވެ. މިޙާދިސާ ހިންގީ ވެރިކަންކުރާ ޕާޓީގެ މައިއޮފީސް ކުރިމަތީގައި ހިންގި ހަމަނުޖެހުންތަކުގައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.