ހޮނިހިރު ދުވަހުގެ ރޭ މަގުމަތިން އަންހެނަކަށް ފުރައްސާރަކުރި ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްްޖެއެވެ.
ފުލުސް ކޮމިޝަނަރު މުޙައްމަދު ޙަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމައްސަލަ ގާތުން ބައްލަވަމުން ގެންދެވި ކަމަށާއި މިހާރު އެ މީހާ ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ކަމަށެވެ.
މި ފިރިހެން މީހާގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ އެ ހާދިސާ ކުރިމަތިވި އަންހެން މީހާއެވެ. ހޮނިހިރު ދުވަހުގެ ރޭ އެ އަންހެން މީހާ ކުރި ޓުވީޓެއްގައި ބުނި ގޮތުގައި އެ ފިރިހެން މީހާ އޭނާއަށް ފުރައްސާރަކުރަމުން އޭޑީކޭ ހޮސްޕިޓަލުން ފެށިގެން ސްކޫޕާ ހަމައަށް ދިޔަކަމަށެވެ. މަގުމައްޗައް ނުކުންނަ ކޮންމެ ފަހަރަކު އޭނާއަށް މީހުން ފުރައްސާރަ ކުރާ ކަމަށާއި ހަޔާތުގަިއ ވެސް އެ ރޭ ހައި ބިރުވެރިކަން މީގެ ކުރިން ތަޖުރިބާ ކުރަން ޖެހިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ފިރިހެން މީހާ އަކީ ކާކުކަން ހޯދައި ދިނުމަށް އެދިފައިވެއެވެ. އެ އާއެކު މާ ގިނަ އިރުތަކެއް ނުވެ އެ މީހާގެ ވަނަވަރު ޓުވިޓަރގައި މީހަކު ހިއްސާ ކުރިއެވެ.
Never in my life have been harassed like this. This man who is of my grandfathers age followed me from ADK till scoop. Where he kept telling me “haadha hadhaalan beynumey, araamu vaane” . Can someone please help me find his family. Please . pic.twitter.com/yt0AZgiQ6M
— Aminath Lamha Aslam (@AslamLamha) June 8, 2019
އަދި އެ މީހަކީ އާއްމުކޮށް މަގުމަތިން މީހުންނަށް ފުރައްސާރަކޮށް ފޮށޭ މީހެއް ކަމަށް ގިނަ ބަޔަކު ބުންޏެވެ.
މިހާރަކަށް އައިސް މަގުމަތީން އަންހެނުންނާ ބެހޭ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ހަމައެހެންމެ އެކަހަލަ ހާދިސާތައް ސޯޝަލްމީޑިއާ މެދުވެރިކޮށް ހިއްސާކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ.