ފުރަތަމަ ޓާމް ޗުއްޓީ ނިންމާލައި ދަރިވަރުން އަނެއްކާވެސް ސްކޫލަށް

މިއަހަރުގެ ފުރަތަމަ ޓާމް ޗުއްޓީ ނިންމާލުމަށް ފަހު މިއަދު ސްކޫލްތަކުގެ ކިޔެވުން އަނެއްކާވެސް ފަށައިފިއެވެ.

ފުރަތަމަ ޓާމް ޗުއްޓީގެ ދުވަސްވަރު މިފަހަރު ރަމަޞާން މަހާވެސް ދިމާވެފައިވާއިރު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ފަށާފައެވެ. ނަމަވެސް މިދުވަސްވަރަކީ ރަމަޞާން މަހަށް ފަހު އަންނަ 6 ރޯދައިގެ ދުވަސްވަރު ކަމަށްވާތީ މިއަދު ހުރިހާ ސްކޫލެއްގައިވެސް ކިޔަވައި ދީފައި ވަނީ ރަމަޞާން މަހު ސްކޫލް ބަންދުވުމުގެ ކުރިން ކިޔަވައިދެމުން އައި ޓައިމްޓޭބަލަށް ކަމަށްވެއެވެ.

އީދު ޗުއްޓީއާވެސް އެކުގައި ދަރިވަރުން ދެވަނަ ޓާމް ޗުއްޓީ ހޭދަކުރިއިރު ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ވަނީ އީދު ޗުއްޓީއަށް ރަށްރަށަށްވެސް ގޮސްފައެވެ. ނަމަވެސް ގިނަ ދަރިވަރުންނާއި ބެލެނިވެރިން މިހާރު ވަނީ އެނބުރި އައިސްފައެވެ.

ދެވަނަ ޓާމުގެ ކިޔެވުމަށް ދަރިވަރުން އެނބުރި އައިއިރު މި ޓާމުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ޗުއްޓީއަށް ބަންދުވުމުގެ މާކުރިން އެ މިނިސްޓްރީން ވަނީ ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައި ކުދިންނަށް ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދަން އިއުލާނުވެސް ކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.