ރައީސަށް ސައުދީ އިން ހޫނު މަރުަޙަބާއެއް ދަންނަވައިފި

ފޮޓޯ؛ ރައީސް އޮފީހުގެ ތަރުޖަމާނު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސައުދި އަރަބިއާގެ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. މި ދަތުރުފުޅަކީ ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު ރައީސް ސައުދި އަރަބިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސްގެ މި ދަތުރުފުޅަކީ މައްކާގައި އޮންނަ 14ވަނަ އޯއައިސީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ސަމިޓު އޮންނާނީ ހުކުރު ދުވަހުއެވެ. އޯއައިސީ ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން އިސްލާމީ ގައުމުތަކުގެ ވެރީން ބައްދަލުކުރައްވައި މަޝްވަރާ ކުރުމަށް ބާއްވާ ސަމިޓެކެވެ. 

ފޮޓޯ: ރައީސް އޮފީހުގެ ތަރުޖަމާނު
މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.