އަދީބު ފިސްތޯލަ ގެންގުޅު ކަމަށްކޮށްފައިވާ ޙުކުމް ބާތިލް ކޮށްފި

ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ފިސްތޯލަ ގެންގުޅުއްވި ކަމަށް ދަށު ކޯޓުން ކޮށްފައިވާ ޙުކުމް ސްޕްރީމް ކޯޓުން މިއަދު ބާތިލް ކުރައްވައިފިއެވެ.

ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގެ އަޑު އެހުމުގައި އަދީބު ފިސްތޯލައެއް ގެންގުޅުއްވިކަމަށް ސާބިތުވެ އެ ކޯޓުން ކޮށްފައިވަނީ 10 އަހަރުގެ ޖަލު ޙުކުމެވެ. އަދީބު ފިސްތޯލައެއް ގެންގުޅުއްވާފައިވަނީ 2015 ވަނަ އަހަރު މޭޑޭގެ މުޒާހަރާއާ ގުޅިގެން ކަމަށް ވެއެވެ. އެކުށް ސާބިތުގެ އެމަނިކުފާނު 10 އަހަރަށް ޖަލަށް ލެއްވުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރެއްވީ 2016 ވަނަ އަހަރުއެވެ.

ސްޕްރީމް ކޯޓުން އެ ޙުކުމް ބާތިލް ކުރެއްވީ އަދީބުގެ ފަރާތްޕުޅުން އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އިސްތިއުނާފުގެ އަޑުއެހުންތައް ބޭއްވުމަށްފަހުއެވެ.

އަދީބު ވިދާޅުވެފައިވަނީ އެމަނިކުފާނު ފިސްތޯލައެއް ގެންގުޅުއްވި ކަމުގެ ތުހުމަތު އިސްތަށީފުޅުގައި އަޅުވައިފައިވަނީ އޭރު އެމަނިކުފާނު ހުންނެވި ނާއިބު ރައީސް ކަމުގެ މަޤާމުން ވަކިކުރެއްވުމަށް ބަހަނާއެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެއީ އެއްވެސް އަސްލެއްނެތް ސިޔާސީ ދަޢުވާއެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.