ބޯކޮށް ވާރޭވެހި ތ. އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑު ވެއްޖެ

މިއަދު ހެނދުނުން ފެށިގެން ތ. އަތޮޅުގެ ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.

ފެން ބޮޑުވެފައިވާ ރަށްރަށުގެ ތެރޭގައި ވޭމަންޑޫ، ތިމަރަފުށި، ކިނބިދޫ، އޮމަދޫ ހިމެނެއެވެ. ވޭމަންޑޫގައި ބޮޑުވެފައިވާ ފެން ހިންދުމަށް ފުލުހުންނާއި އެރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ތިމަރަފުށިން ފެން ހިންދުމަށް ފުލުހުންނާއި ސިފައިން ގެންދަނީ ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކޯރު ކޮނެގެން ފެން ބޭރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިނބިދޫގައި ބޮޑުވެފައިވާ ފެން ބޭރު ކުރުމަށް ރަށު ކައުންސިލާއި ރައްޔިތުންނާއި ފުލުހުން ގެންދަނީ 4 ސަރަޙައްދެއްގައި ކޯރު ކޮނުމުގެ މަސައްކަތް ކުރަމުންނެވެ.

އޮމަދޫގައި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ކައުންސިލުން ވަނީ އެހީއަށް އެދިފައެވެ. އެރަށަށް އެހީވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގެތަކަށް ފެން ވަނަނުދިނުމަށް ވެލި ބަސްތާ ޖެހުމާއި ސަލާމަތީ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވެސް އެރަށްރަށުގައި ދަނީ ކުރަމުންނެވެ.

މީގެ އިތުރަށް ގުރައިދުއާއި، ދިޔަމިގިލީގައި ވެސް ވަނީ ފެންބޮޑުވެފައެވެ. މި ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.