ތިން މީހަކު ޙައްޖަށް ދާންބަހައްޓައިފައިހުރި ފައިސާތަކެއް ވަގަށް ނަގައި

ތިން މީހަކު ޙައްޖަށް ދިއުމަށް ރައްކާ ކޮށްފައިވާ ތިންލައްކައެއްހާ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން ވިދާޅުވީ ފ. ދަރަނބޫދޫ ގެއެއްގައި ރައްކާ ކޮށްފައިވާ އެ ފައިސާ ވަގަށް ނަގައިފައިވާކަން އެނގިފައިވަނީ މި މަހު 25 ވަނަ ދުވަހު ކަމަށެވެ. މި މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ މި މަހު 26 ވަނަ ދުވަހުއެވެ. "ގެއްލުނު ކަމަށް ބެލެވެނީ ތިންލައްކައެއްހާ ރުފިޔާ. އެއީ ތިން މީހަކު ޙައްޖަށް ދިއުމަށް ރައްކާ ކޮށްފައިވާ ފައިސާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ،" ފުލުހުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަޙުގީގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.