އޮލިމްޕަސް "ވިއްކާލަން" ޖެހޭ

ދިވެހި ފިލްމު އިންޑަސްޓްރީ ކުރިއެއް ނާރައެވެ. އުފެއްދުންތައް މަދެވެ. ފެންނަނީ އެއެއްބައެކެވެ. އަންނަނީ އުންމީދުކުރެވޭ ފަހަރާއި ނުކުރެވޭ ފަހަރެވެ. މިފަދަ އެތައް ސަބަބުތަކާހެދި އިންޑަސްޓްރީ ވަނީ "ޔަތީމު" ވެފައެވެ. އެއީ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުން ގަޔާވާ ކަމެއްނޫނެވެ.

ފިލްމު އިންޑަސްޓްރީއަށް ދިމާވެފައިވާ މައިގަނޑު އެއް މައްސަލައަކީ ފައިސާގެ މައްސަލައެވެ. އެކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް އަންނަނީ އެތަން ބަޔަކަށް ދިގުމުއްދަތަކަށް ކުއްޔަށްދީގެން ކަމަށް ފިލްމީ ތަރި މަރިޔަމް ޝަހުޒާ (ޝަހޫ) ބުންޏެވެ. "އޮލިމްޕަސް ހުރި ބިމަކީ ބޮޑު ބިމެއް. އެހެންވީމާ ދިގުމުއްދަތަކަށް އެތަން ބަޔަކަށް ދޭންވީ. އެއަށް ފަހު ސިނަމާއާއި އެހެނިހެން ވަސީލަތްތައް ހިމެނޭ ގޮތަށް ބާރަވަރަކަށް ބުރިއަށް ހަދަންވީ. އެއަށްފަހު ހެދި ބައިތައް ކުއްޔަށް ދިނުމަށްފަހު ސަރުކާރަށް ވެސް މަހަކު ކަނޑައެޅޭ މިންވަރެއް ދައްކައިގެން ތަން ހިންގަންވީ،" ޝަހޫ ބުންނެވެ.

އޭނާ ބުނީ އެތަނުން ލިބޭ އެއްޗަކުން އިންޑަސްޓްރީ ތަރައްޤީ ކުރަން ލީނު ދެވިދާނެ ކަމަށެވެ. އޭރުން މަޑުމަޑުން ޔަތީމުކަން ފިލަން ފަށާނެ ކަމަށް ޝަހޫ ބުންޏެވެ. އޮލިމްޕަށް ވެސް ލައްކަ ޒަމާޏް ވެއްޖެއެވެ. އެހެންނަމަވެސް އެތަނަށް މާބޮޑު ތަރައްގީއެއް ނާދެއެވެ. ފިލްމު އިންޑަސްޓްރީ ތަރައްޤީކޮށް އުފެއްދުންތައް އިތުރު ކުރެވޭނީ ހުރިހާ ދިމާއަކުން ފެށިގެން ކަންކަން ރަނގަޅު ވެގެންނެވެ. "ކޮންމެ ސަރުކާރަކުން ވެސްވިދާޅުވޭ ފިލްމު އިންޑަސްޓްރީއަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައި ދެވާނެ ކަމަށް އެހެންނަމަވެސް ޢަމަލީ ގޮތުން އެކަމެއް ކުރެވޭތަނެއް ނާދޭ،" އޭނާ ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.