ކުޑަ ދެ ކުއްޖަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި މީހަކު ބަންދުކޮށްފި

ކުޑަ ދެކުއްޖަކާއެކު ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގުމުގެ ތުހުމަތުގައި 19 އަހަރުގެ ފިރިހެނަކު ބަންދު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޢުމުރުން 6 އަހަރާއި 8 އަރުގެ އެ ދެ ފިރިހެން ކުންނާއެކު ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގާފައިވަނީ މިމަހު 24 ވަނަ ދުވަހުގެރޭ ދަންވަރު 1:00 އެހައިކަންހާއިރު ކަމަށެވެ.

އެ ކުދިންނާއެކު އެ ޢަމަލު ހިންގި މީހާ އަތުލައިގެންފައިވަނީ ރޭ ދަންވަރު 2:48 އެހައިކަންހާރު އެވެ. އޭނާ ބަންދުކުރީ ހުޅުމާލޭ ކޯޓުން ދިން އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން 12 ދުވަހުގެ މުއްަދަތެއް ދީފައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.