ކަސްޓަމުން ނަގަންޖެހޭ ހުއްދަ ވެސް ޗައިނާ ބޯޓުން ނަގާފައެއް ނުވޭ

މާލެ ސަރަހައްދުން ވެލި ބަރުކޮށްގެން ހުވަދުއަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދިޔާ ޗައިނާ ބޯޓުން ވަނީ ކަސްޓަމުން ނަނަގަންޖެހޭ ހުއްދަތައް ވެސް ނުނަގައި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ފުލުހުންނާއި ކޯސްޓްގާޑާ ގުޅިގެން އެމައްސަލަ ބަލަމުންދާ ކަމަށެވެ.

އެ ބޯޓަކީ ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި ޙަރަކާތްތެރިވާ ބޯޓެކެވެ. އެހެންނަމަވެސް އެ ބޯޓު ރާއްޖޭގައި ޙަރަކާތްތެރިވެފައިވަނީ ކަމާބެހޭ އެއްވެސް ފަރާތެއްގެ ހުއްދަ ނުނަގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކަސްޓަމްސްގެ ހުއްދަނެތި ބޭރުގެ އުޅަނދުފަހަރު ރާއްޖޭގައި ބަނދަރުކުރުމާއި މުދާއަރުވައި ބޭލުމަކީ ވެސް މަނާކަމެކެވެ.

ފުލުހުން ވިދާޅުވެފައިވަނީ ބޯޓުގެ ކަންކަން ރަނގަޅުކުރުމަށް ބޯޓަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އެބޯޓު މިހާރު އޮތީ ލ. އަތޮޅުގައި ހިފަހައްޓާފައެވެ. ފުލުހުން ގެންދަނީ މައްސަލަ ބަލަމުންނެވެ.

އެންވަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވީ އެފަދަ ގޮތަކަށް ވެލި ގެންދިއުމުގެ ހުއްދަ އެބޯޓަށް ދީފައިނުވާނެ ކަމަށެވެ. "އެމީހުން ގެންދިޔައީ ކޮންމެ ތަނެއްގައި ހިންގި މަޝްރޫއެއްގެ ދަށުން ނަގައިފައިވާ ވެލިތަކެއް ކަމަށް ބެލެވެނީ. އެގޮތަށް ވެސް ވެލި ގެންދެވޭނީ ނަގަންޖެހޭ ހުއްދަތަތައް ނަގައިގެން،" އީޕީއޭއިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.