ގޯދިއްޔާ ފުޓުސަލް ކަޕުގެ ކުއާޓަރއަށް ޓީމުތައް ދަތުރު ކޮށްފި

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލްކަޕްގެ ކުއާޓަރއަށް ޓީމުތައް ދަތުރު ކޮށްފިއެވެ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ އަށް ދަތުރުކުރީ އެފްސީ ބޭރުމަތިއެވެ. ދެވަނަ ޓީމުގެ ގޮތުގައި އެ ގްރޫޕުން ކުއާޓަރއަށް ދަތުރުކުރީ މާކަރީ ޔުނައިޓެވެ.

ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ އިން ޖާގަ ހޯދައިފައިވަނީ އެފްސީ ޒެފިއާއެވެ. އެޓީމު އެއްވަނައަށް ދިޔައީ 9 ޕޮއިންޓާ އެކުގައެވެ. މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ އިން ޖާގަ ހޯދީ ސްކޫޕް ކަންމައްޗެވެ.

ގްރޫޕް ސީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރއަށް ދަތުރުކުރީ ޔަންގް ވަންސް އެވެ. ދެވަނަ ޓީމުގެ ގޮތުގައި ދަތުރުކުރީ ޒިލޯން އެވެ. ގްރޫޕް ޑީގެ އެއްވަނަ ހޯދައިގެން ކުއާޓަރއަށް ދަތުރުކުރީ ފްރެންޑްސް ކުލަބެވެ. ދެވަނަ ހޯދީ ސްކަވެންޖާސް އެވެ.

ގްރޫޕް ސީ ގެ އެއްވަނަ ޔަންގް ވަންސް ކަށަވަރުކުރީ ރޭ އެފްސީ އަފިރިން އާ ބައްދަލުކުރި މެޗު 8-1 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ޔަންގް ވަންސް ގެ ލަނޑުތައް ޖަހައިދީ ފައިވަނީ ހުސައިފަތު ރަޝީދު 2 ލަނޑު، އިސްމާޢީލް މުނީޒު 2 ލަނޑު، ޙުސައިން ޢަލީ 2 ލަނޑު، ޙުސައިން ނާޒިމު 1 ލަނޑެވެ. އެފްސީ އަފިރިންގެ ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ އިސްމާޢީލް ޢަބްދުﷲ އެވެ.

މެޗުގެ މޮޅުކުޅުންތެރިއާއަށް ހޮވިފައިވަނީ ޔަންގް ވަންސްގެ ޖާޒީ ނަމްބަރު 9 އިސްމާޢީލް މުނީޒެވެ.
ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ރޭ ބައްދަލުކުރީ މަލްޓި ޖީނިއަސް ސިޓީއާއި އެސްއެމްޓީ އެވެ. މިމެޗު 4-0 ލަނޑުން ކާމިޔާބުކުރީ މަލްޓިޖީނިއަސް ސިޓީއެވެ. މި ދެޓީމު މި މެޗަށް ނުކުތްއިރު ވެސް ވަނީ މުބާރާތުން ކަޓައިފައެވެ.
މުބާރާތުގެ ކުއާޓަރގެ މެޗުތައް ފަށާނީ މިމަގު 26 ވަނަދުވަހުގެ ރޭގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.