ޓްރައިބިޔުނަލްގެ ޤަވާޢިދުތަކާއި އުސޫލުތަކަށް ބަދަލު ގެންނަނީ

ވަޒީފާއާއި މުސާރައާ ބެހޭ މައްސަލަތައް އަވަހަށް ނިންމުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ޤަވައިދުތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ދިރާސާ މިއަހަރު ކުރުމަށް ރޭވިދައިވާ ކަމަށް ޓްރައިބިޔުނަލްއިން ވިދާޅުވެއްޖެއެވެ.

އެ ތަނުން ވިދާޅުވީ އޭގެ އިތުރަށް އިދާރީ ހިންގުން ހަރުދާނާކުރުމަށް ގެންނަޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް މިއަހަރު ކުރައްވާނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިޔުނަލްގެ ރައީސް އަޙުމަދު ޝިފާޢު ވިދާޅުވީ އެތަނަށް ހުށަހެޅޭ މައްސަލަތައް ވީހާ ވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރިއަސް އެކަމަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާކަމަށެވެ. އެހެންނަމަވެސް މަސައްކަތް ކުރައްވަނީ ގިނަވެގެން 4 މަސްތެރޭ މައްސަލަ ނިންމުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ އެތަނުގައި ހުރި ގޮންޖެހުންތައް ޙައްލުކޮށް ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންނެ ގެންދަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.