އިންޑިޔާގެ އިންތިޚާބުގެ ނަތީޖާގައި މޯދީގެ ކޯލިޝަން ބޮޑު ތަފާތަކުން ކުރީގައި

އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކްސަބާއަށް މެންބަރުން ހޮވުމަށް ފާއިތުވި އެޕްރީލް މަހުގެ 11 އިން މި މޭމަހުގެ 19 ބޭއްވީ އާއްމު އިންތިޚާބުގެ ނަތީޖާއި ބޮޑުވަޒީރު މޯދީގެ ކޯލިޝަނުން ބޮޑު ތަފާތަކުން ކުރިހޯދައިފިއެވެ.

543 މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވޯޓު މިއަދު ގުނަމުން ދާއިރު، މިހާތަނަށް (ރާއްޖޭގަޑިން ހެނދުނު 10:20) ބަލާއިރު ބީޖޭޕީ އިސްވެއޮވެ އެކުލަވާލާފައިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސުން ވަނީ 327 ދާއިރާއެއްގައި ކުރި ހޯދާފައެވެ. އިދިކޮޅު ކޮންގްރެސް އެކުލެވޭ ކޯލިޝަން، ޔުނައިޓެޑް ޕީޕަލްސް އެލަޔަންސުން ކުރި ހޯދިފައިވަނީ 89 ދާއިރާއެއްގައެވެ. އެހެން ޕާޓީތަކުން ވަނީ 126 ދާއިރާއެއްގައި ކުރި ހޯދާފައެވެ.

އެހެންކަމުން، މިހާރު ބެލެވެނީ ބޮޑުވަޒީރު މޯދީ ފަސޭހަކަމާއެކު ދެވަނަ ދައުރެއް ކާމިޔާބުކުރައްވާނެކަމުގައެވެ. މި ނަތީޖާތަކާއި، ވޯޓަށް ފަހު ނެގުނު އެގްޒިޓް ޕޯލްތަކާއި މާ ބޮޑު ތަފާތެއް ނެތެވެ.

ވޯޓުތައް އަދިވެސް ގެނެމުންދާތީ މިއަދަދުތަކަށް އަދި ބަދަލު އަންނާނެއެވެ. އެހެންނަމަވެސް، މޯދީގެ ކޯލިޝަން ބަލިވާވަރުގެ ބަދަލެއް ދެން އަންނާނެކަމަށް ލަފާނުކުރެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.