ހަމައެކަނި ބިދޭސީން ދަތުރު ކުރި ދޯންޏެއް ހިފަހައްޓައި އެމީހުން ފުލުހުންނާ ޙަވާލު ކޮށްފި

އެމްއެމްޑީއެފާއި ފުލުހުން ގުޅިގެން އިއްޔެހަވީރުން ފެށިގެން ކުރިއަށް ގެންދާ ތަކުގެތެރެއިން އޮޑިދޯނިފަހަރު ޗެކު ކުރަމުން ދަނިކޮށް ސ. ފޭދޫއިން ފުރައިގެން ދަތުރު ކުރި ދޯންޏެއް ޗެކުކުރިއިރު އޭގައި ތިބީ ހަމައެކަނި ދެ ބިދޭސީން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމީހުންގެ އަތުގައި ވޯކްޕާމިޓް ނެތް ކަމަށާއި ދޯނީގައި ސަލާމަތީ އެއްވެސް ވަސީލަތެއް ނެތްކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ދޯނީގައި ނަމެއްނެތް ކަމަށާއި ނަން އެނގޭ މީހަކު ވެސް ނެތް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ދޯނި ދަތުރުކުރަމުން ދިޔައިރު އޭގެ ކެޕްޓަންހުރީ ހުޅުދޫ-މީދޫގައެވެ. ދޯނި މިހާރުވަނީ ފޭދޫ ބަނދަރަށް ވައްދައިފައެވެ.

ދޯނީގައި ހުރީ ހުޅުދޫ-މީދޫ ފެނަކަ އޮފީހަށް ގެންދަން އަރުވާފައިހުރި 6000 ލިޓަރުގެ ޑީސެލާއި ފިހާރައަކަށް ގެންދަން އަރުވާފައިހުރި އައިސްކުރި ކުކުޅު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ. ދޯނީގައި ތިބީ 2 ބިދޭސީންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.