އެންމެ ބޮޑު ގޮންޖެހުމަކީ ނިންމުންތައް ތަންފީޒު ކުރުމުގެ ބާރު ލިބިފައި ނެތުން: ޓްރައިބިޔުނަލް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގެ ބާރު ލިބިފައި ނެތުން ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ. "ޓްރައިބިއުނަލްއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓްރައިބިއުނަލްއިން ނިންމާ ނިންމުންތައް ތަންފީޒުކުމުގެ ބާރު ޓްރައިބިއުނަލަށް ލިބިފައި ނެތުން" އާފަތިހަށް މަޢުލޫމާތު ދެއްވަމުން ޓްރައިބިޔުނަލްގެ ރައީސް އަޙުމަދު ޝިފާއު ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ ޓްރައިބިޔުނަލްގެ އޮފީހެއް ހަމައެކަނި މާލޭގައި ހުރުމަކީ ވެސް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށެވެ. މާލެ ފިޔަވައި އެހެން އެއްވެސް ހިސާބެއްގައި ޓްރައިބިޔުނަލްގެ ގޮތްޕެއް ނެތުމުގެ ސަބަބުން މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ޓްރައިބިއުނަލަށް ހާޒިރުވުމުގައި ވެސް ދަތިކަން ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބިދޭސީން ހިމެނޭ މައްސަލަތަކުގައި ތަރުޖަމާނުން ޢަޔަންކުރުމުގެ ޒިންމާ އެ ފަރާތްތަކަށް ދޫކޮށްލިވެފައި އޮތުމުން، ތަރުޖަމާނަކު އެފަރާތަކަށް ޢައްޔަން ނުކުރެވިގެން އެންމެފަހުން މައްސަލަ ދޫކޮށްލުމަކީވެސް ދިމާވާ ކަމެއް ކަމަށް ޝިފާޢު ވިދާޅުވިއެވެ.

ޓްރައިބިއުނަލްގައި ހުރި ދަތިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝިފާޢު ވިދާޅުވީ "ކޮންމެ އަހަރަކުވެސް ވަރަށް ގިނަ މައްސަލަތަކެއް ހުށަހެޅޭ. އެހެންނަމަވެސް އެކަށީގެންވާ މިންވަރަށް މުވައްޒަފުންނެއްނެތް. އޭގެ އިތުރަށް ޓްރައިބިއުނަލް ހިންގަމުންދާ އިމާރާތުގެ ޖާގައިގެ ދަތިކަމަކީ މައްސަލަތައް އަވަހަށް ނިންމުމަށް ޓްރައިބިއުނަލްއިން ކުރަމުންގެންދާ މަސައްކަތަށް ހުރަސްތަކެއް ކުރުމަތި ކުރުވާ ކަމެއް،"  ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.