ޕާޓީތަކުގެ ޤާނޫނު އިސްލާހު ކުރުމުގެ މަޝްވަރާތައް ރަމަޟާން މަހަށްފަހު ބާއްވަން ނިންމައިފި

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ސިޔާސީ ޕާޓީތަކާއި މީޑިއާތަކާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ނިންމީ މަޝްވަރާތައް ރޯދަމަހަށްފަހު ކުރިއަށްގެންދަން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ މެމްބަރ އަދި ތަރުޖަމާނު  އަޙުމަދު އަކުރަމް ވިދާޅުވީ ރޭގެ ބައްދަލުވުން ދިޔައީ ވަރަށް ކާމިޔާބު ކަމާއެކު ރަނގަޅަށް ކަމަށެވެ. "އެމްޑީޕީ ފިޔަފައި ހުރިހާ ޕާޓީތަކުން ބައްދަލުވުމުގައި ބައިވެރިވި،" އޭނާ ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އީސީން ގެންނަން ބޭނުންވާ އިސްލާޙު ތަކުގެ ސުރުޚީތައް ރޭގެ ބައްދަލުވުމުގައި ޙިއްސާކޮށްފައިވާނެއެވެ. ހުރިހާ ޕާޓީތަކަށް އެ އިސްލާޙުތައް އީމޭލް ކުރުމަށްފަހު މިރޯދަމަހު އެއަށް އެފަރާތްތަކުން މަޝްވަރާ ކުރުމަށްވެސް ރޭ ވަނީ ނިންމައިފައެވެ. މަޝަވަރާތަކަށްފަހު އެ ފަރާތްތަކުގެ ޚިޔާލު ދެން އޮންނަ ބައްދަލުވުމުގައި ހުށަހަޅާ ގޮތަށް ވެސް ރޭވަނީ ނިމިފައެވެ.

ސިލްސިލާކޮށް ބާއްވަން ހަމަޖެހިފައިވާ މި ބައްދަލުވުންތައް ކުރިއަށްދާނީ ވަރަށް ބޮޑަށް ހުޅުވާލެވިގެންނެވެ. "ވަރަށްވަރަށް ބޮޑަށް ހުޅުވިގެން ބާއްވާ ބައްދަލުވުންތަކެއްމީ. އެއްވެސް ކަމެއް ބަންދުވެފައެއް ނޯންނާނެ،" އަކުރަމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.