ޗީފް އޮފް ޑިފެންސް ފޯސް އެމެރިކާއަށް ފުރާ ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ޗީފްއޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު މިއަދު މެންދުރުފަހު އެމެރިކާއަށް ފުރާ ވަޑައިގަންނަވައިފިއެވެ.

މިއީ "ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ޖެނެރަލް ޝަމާލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން  އަލްވަދާޢު ދެންނެވީ ވައިސް ޗީފް އޮފް ޑިފެންްސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް އަބްދުއްލަޠީފްގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

އިންޑިއަން ޕެސިފިކް އޯޝަންގެ ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބާއްވާ މި "ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ކުރިއަށްދާނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ހަވާއީގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ސާޖަންޓް މޭޖަރ ހަސަން ފަޔާޒް ބައިވެރިވެވަޑައިގަނަވަވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.