ނުވަ އަހަރުގެ ކުއްޖަކަށް ކުޑަ ދެކުދިން ޖިންސީ އަނިޔާ ކުރާ މައްސަލައެއް ބަލަން ފަށައި

ޢުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އަތޮޅުތެރޭ ރަށަކުން ލިބުނު މަޢުލޫމާތަކާ ގުޅިގެން މިމައްސަލަ ފުލުހުން ސާފުކުރުމުން އެނގިގެން ދިޔައީ އެކުއްޖާއަށް އަނިޔާ ކުރަމުންދިޔައީ އޭނާގެ ދެ ބޭބެއިން ކަމަށެވެ. ދެ ކުދިންގެ ތެރެއިން އެކެއްގެ ޢުމުރަކީ 13 އަހަރެވެ. އަނެއް ބޭބެބެ ޢުމުރަކީ 16 އަހަރެވެ.

ކުޑަކުދިންގެ މައްސަލަތަކަކީ ފުލުހުން ވަރަށް އިސްކަމެއް ދެއްވައިގެން ބަލަމުން ގެންދާ މައްސަލަތައް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ފުލުހުން ގެންދަނީ ފެމިލީ ޗައިލްޑްރެން ސާވިސް ސެންޓަރާ ގުޅިގެން މިމައްސަލަ ތަޙުގީގު ކުރަމުންނެވެ.

މިއީ ކުޑަކދިން ހިމެނޭ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.