އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުގެ ލިސްޓުގައި އުރީދޫ ހިމެނިއްޖެ

ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން ބްރޭންޑްތަކުގެ ލިސްޓުން 41 ވަނަ އުރީދޫއަށް މިއަހަރު ލިބިއްޖެއެވެ.

ބްރޭންޑް ފައިނޭންސްގެ ޓެލެކޮމް 300 ގެ މިއަހަރުގެ ލިސްޓުގެ 41 ވަނަ އުރީދޫއަށް ލިބިފައިވާއިރު މިދިޔަ އަހަރު އުރީދޫއަށް ލިބުފައިވަނީ އެ ލިސްޓުގެ 43 ވަނައެވެ. މި ފަހަރު 41 ވަނަ ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑުކުރިއެރުމެކެވެ. މިއަހަރު ކުރިއެރުން ލިބިފައިވަނީ ބްރޭންޑް ވެލިއުގެ 12 ޕަސެންޓުގެ ކުރިއެރުމަކާވެސް އެކުއެވެ. އުރީދުން ބުނެފައިވަނީ އެ ގްރޫޕުގެ މިހާރުގެ ވެލިއުއަކީ ގާތްގަނޑަކަށް 3.0 ބިލިއަން ޑޮލަރު ކަމަށެވެ.

އުރީދޫން ގެންދަނީ ރާއްޖޭގެ އިތުރަށް ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ވެސް ޚިދުމަތް ދެމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.