ލަންކާގައި ބަންދުކޮށްފައިތިބި ދެ ދިވެހީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އަވަށްޓެރި ސްރީލަންކާގައި ދިން ބޮމުގެ ޙަމަލާތައްކަށް ފަހު ހިންގަމުންދާ އޮޕަރޭޝަންނުގައި ބަންދުކުރި ދިވެހީންގެ ތެރެއިން މިހާރު ތިބި ދެ މީހުންގެ ބަންދުގެ މުއްދަތު މިއަދު އަނެއްކާ އިތުރު ކޮށްފައެވެ.

އެ ދެމީހުން ބަންދުކުރީ އެމީހުން އުޅުނު ގެއިން އައިއެސްއާ ގުޅުންހުރި ފޮތެއް ފެނިގެން ކަމަށް ބުނެފައެވެ.

މިއަދު އެމީހުންގެ ބަންދަށް ކޯޓުން އިތުރުކޮށްދީފައިވަނީ 3 ދުވަހެވެ. މި ތިން ދުވަސް ހަމަވުމުން ވެސް އެމީހުން ކޯޓަށް ގެންދާނެއެވެ.

ލަންކާގައި ދިން ބޮމުގެ ޙަމަލާތަކަށްފަހު އެގައުމުގައި އުޅޭ މުސްލުންނަށްވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.