މާލޭ ގެއަކުން ކެނަބިސް އާއި ހެރޮއިންއާއެކު ތިން މީހަކު ބަންދު ކޮށްފި

މަސްތުވާތަކެތި ޓްރެފިކު ކުރަން އުޅުނިށް އަތުލައިގަތް ބޯޓު: ފޮޓޯ ޕޮލިސް

މާފަންނު ގެއަކުން މަސްތުވާތަކެއްޗާއެކު 3 މީހަކު ރޭ ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވަނީ 1.2 ކިލޯ ކެނަބިސްއާއި 454 ހެރޮއިންއާއި ކޮކެއިންނެވެ. އޭގައި ގްރާމެއް ހަމައެއް ނުވެއެވެ.

ވަރަށްފަހުން ފުލުހުންވަނީ ހުވަދުއަތޮޅު ފަޅުރަށެއްގައި ވަޅުލާފައިހުރި 150 ކިލޯގެ މަސްތުވާތަކެތި ހޯދައިފައެވެ. އޭގެ އިތުރަށް ރާއްޖޭގެ ސަރަހައްދުގައި ޑްރަގް ޓްރެފިކް ކުރަން އުޅުނު އީރާނު ބޯޓަކުން ވަނީ 50 ކިލޯ މަސްތުވާތަކެތި ހޯދައިފައެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވަން ފުލުހުން ގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.