ތުއްތު ކުއްޖާ މަރުވި ގޮތް ބެލުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި

ޢުމުރުން 15 އަހަރުގެ ކުއްޖާ ވެހެއި ތުއްތު ކުއްޖާ މަރުވި ގޮތް ދެނެގަތުމަށް ޕޯސްޓް މޯޓަމް ހަދަން ނިންމައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. "އެމަސައްކަތް ކުރުމަށް ކުރަންޖެހޭ ކަންކަން ފުލުހުންދަނީ ކުރަމުން" ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.

މިކުއްޖާ ވިހައިފައިވަނީ މެއިމަހު 13 ވަނަ ދުވަހުއެވެ. އެކަމުގެ ޚަބަރު ފުލުހުންނަށް ލިބިފައިވަނީ އެދުވަހު ހެނދުނު 7:10 ގައެވެ. މިއީ ކުޑަކުއްޖަކަށްވާތީ އެކުއްޖާއާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެއީ ކޮންރަށެއް ކަމެއް ވެސް ފުލުހުން ވިދާޅުވިއެވެ. އެފަދަ މަޢުލޫމާތު ހާމަނުކުރުމަށް ފުލުހުންވަނީ މީޑިއާގައި އެދިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި 15 އަހަރުގެ ކުއްޖާ ވިހާފައިވަނީ ގޭގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.