ލުތުރުފަރު މަރާލީ ކަރުގައި ހިފައި ނޭވާހާސްކޮށްލައިގެން: ފުލުހުން

ށ. ޅައިމަގުން ގެއްލިގެން ހޯދަމުން ދިޔަ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލީ އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްގެން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ލުތުފަރުގެ މަރާގުޅިގެން މަޢުލޫމާތު ދެއްވުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު ވިދާޅުވީ ލުތުފަރުގެ ކަރުގައި ހިފައި މަރާލުމަށްފަހު ހަށިގަނޑުގައި ބަރުޖަހައި ވަނީ ކަނޑަށް ފައްތާފައި ކަމަށެވެ.

ލުތުފަރު މަރާލީ އޭނާ މަސައްކަތްކުރި "ކުރިމަގު އެކެއް" ބޯޓުގައި އުޅޭ ބަނގްލަދޭޝް މީހުންނާއެކު ގަދަމުން އެއްޖިންސުން ގުޅުން ހިންގަންއުޅޭތީ ކަމަށް ފުލުހުންގެ ތަޙުޤީގަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލުތުފަރުގެ މަރާލުމުގެ ތުހުމަތުގައި ފުލުހުންވަނީ އެބޯޓުގައި މަސައްކަތް ކުރަމުން އައި އިތުރު 4 މީހަކު ބަންދުކޮށްފައެވެ. އެއީ ވެސް ބަނގްލަދޭޝް މީހުންނެވެ. މިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވަނީ ނޫރުލް އިސްލާމާއި، އަލަމީންއާއި، އަޚުތަރު ޙުސައިނާއި، ހަނީފެއެވެ.

ޝިފާއު ވިދާޅުވީ ލުތުފަރު މަރާލިރޭ ބޯޓު ތެރެއިން އާދަޔާޚިލާފު އަޑުތަކެއް އިވިގެން މީހުންގޮސް ޚަބަރު ބެލިކަމަށެވެ. އެހެންނަމަވެސް އެއީ އަންހެނުންނާ ފޯނު ހިންގާލި ޒުވާބެއް ކަމަށް ނޫރު ބުނެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ލުތުފަރު މަރާލުމަށްފަހު ވަލެއްޖަހާފައި އޭނާވަނީ މޫދަށް ތިރިކޮށްފައެވެ. އެއީ ބޯޓަށް ބަޔަކު އަރާފާނެ ކަމުގެ ބިރަށްޓަކައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ މޫދަށް ތިރި ކުރުމަށްފަހު ނޫރު ވަނީ މުދަށް ފައި އޭނާ ނަގައިފައެވެ.  އެއަށްފަހު އޭނާގެ ފޭރާން ބޭލުމަށްފަހު ހިކި ފޭރާން ލައްވައި އާނާ ބޯޓުގައި ނިދަން އޮންނަ ތަނުގައިވަނީ ބާއްވައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެންމެފަހުން އެމީހުން ނިންމީ އެރޭ ދަންވަރު ލުތުފަރުގެ ހަށިގަނޑު ކަނޑުފެއްތުމަށެވެ. ޝިފާއު ވިދާޅުވީ ލުތުފަރުގެ ހަށިގަނޑު ކަނޑު ފެއްތުމަށް ދެވަނަ ފަހަރަށް އެމީހުންވަނީ މޫދައި ބާލައިފައި ކަމަށެވެ. އެކަންކުރީ އެރޭ ދަންވަރު 1:30 އެހައިކަންހާ އިރުއެވެ.

އޭނާ ވިދާޅުވީ ލުތުފަރު ކަނޑުފައްތާފައިވަނީ ގޯނިތަކަށް ހިލައާއި ގައު އެޅުމަށްފަހު ލުތުފަރުގެ ފަޔާއި އުނަގަނޑުގައި އެއްސުމަށްފަހު ބޭރު ތޮށިގަނޑުން ބޭރަށެވެ. ފަހުން ފުލުހުންވަނީ ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ހޯދައިފައެވެ.

ފުލުހުން ވިދާޅުވީ އެމީހުންވަނީ ލުތުފަރު މަލާރިކަމަށް ކޯޓުގައި ވެސް އެއްބަސްވެފައި ކަމަށެވެ. އަދި އެކަންކުރި ގޮތްވެސް ވަނީ ކިޔައިދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަދިވެސް ގެންދަނީ މިމައްސަކަ ބަލަމުންނެވެ. އެމީހުންގެ މައްޗަށް ދަޢުވާކޮށްދެއްވުމަށް އެދި ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.