އުފެއްދުންތެރި ކަމުގެ މައުރަޒު ނޮވެމްބަރު ފަހުކޮޅު

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް

މިއަހަރު ނޮވެމްބަރުމަހު ފަހުކޮޅު ބާއްވާ އުފެއްދުންތެރި ކަމުގެ ގައުމީ މައުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިސާދުގައި ޙިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށްނެރެ އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓު ހޯދައި ދިނުމަށް ބާއްވާ މަޢުރަޒެއް ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އޭގެ އިތުރަށް ދިވެހި އުފެއްދުންތައް ކުރިއެރުވުމާއި އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާއްމުނަންށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެންނާނެ މާޙައުލެއް ގާއިމް ކޮށްދެއްވުމަކީ ވެސް މައުރަޒު ބޭއްވުމުގެ މަޤުސަދެއް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއިން އުވެމުން ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ހިތްވަރު ދިނުމަކީވެސް މައުރަޒު ބޭއްވުމުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިއަހަރުގެ މައުރަޒުގައި މައިގަނޑު 6 ދާއިރާއަކުން ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެއީ ވަކިވަކި ފަރުދުންގެ ދާއިރާ، ވިޔަފާރި ތަކުގެ ދާއިރާ، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ، ތަޢުލީމްދޭ މަރުކަޒުތަކުގެ ދާއިރާ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަޖުގެ ދާއިރާ، ކުލަބު ޖަމިއްޔާ ތަކުގެ ދާއިރާ އެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާފައިވަނީ އެޕްރީލްމަހު 21 އިން ޖޫން 30 ގެ ނިޔަލަށެވެ. އެ މުއަދަތުގައި ބައިވެރިވުމުގެ ފޯމް ބަލައިގަތުން އިންނާނީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ އިކޮނޮމިމް މިސްނިސްޓްރީންނާއި، ރަށްރަށުގައި ހުންނަށް ބިޒްނަސް ސެންޓަރު ތަކުންނެވެ. އެ މުއްދަތުގައި ބަންދު ނޫން ކޮންމެ ދުވަހަކު 2:00 އަށް ފޯމު ބަލައިގަންނާނެއެވެ.

މައުރަޒު އޮންނާނީ ދަރުބާރުގެއާއި ކުޑަކުދިންގެ ބަގީޗާއި، ކަލާފާން ސުކޫލުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.