ދިގުރާގަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރު ސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމް ކޮށްގެން ކީރިތި ޤުރުއާން ދިގުރާގަށް ކިޔަވަން ދަސްކޮށްދިނުމާއި ޤުރުއާން ކިޔެވުމުގެ ހުނަރުތައް ދަސްކޮށްދީ ޤުރުއާން ކިޔެވުމުގައި ތަލައްފުޡު ފުރިހަމަ ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް މިރޭ ފަށައިފިއެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ މަޝްހޫރު ޤާރީއެއް ކަމުގައިވާ އަލްޤާރީ އަޙުމަދު ތައުފީޤެވެ. މި ކުލާސް ކުރިއަށް ގެންދަނީ ރަމަޟާންމަހުގެ ކޮންމެ އަންގާރަ އަދި ބުދަދުވަހެއްގެ ރޭގަނގަޑު 9:30 ގައެވެ. ކިޔެވުން އޮންނާނީ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބައިވެރިވެވެވޭނެ ކަމަށް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވިއެވެ.  މިއީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ މަޤުސަދުގައި ފެށި ޕްރޮގްރާމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.